ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އިނގިރޭސި ޓީޗަރ (ވޭޖް އެމްޕްލޯއިމަންޓް)

ވަޒީފާގެ ފުރުޞަތު

މަޤާމު

ވަގުތީ ޓީޗަރ (އިނގިރޭސި)

ބޭނުންވާ ޢަދަދު

01

ސެކްޝަން: އެކަޑެމިކް

މުސާރަ

ނިކުންނަ ދުވަހަކަށް -/255 ރުފިޔާ

މުއްދަތު

05 މަސް ދުވަސް

މަސައްކަތް ކުރަންޖެހޭ ތަން

ފ. އަތޮޅު ތަޢުލީމީ މަރުކަޒު،

ފ. ނިލަންދޫ، ދިވެހިރާއްޖެ

މަޤާމުގެ ޝަރުޠު

1.      ޖީ.ސީ.އީ އޯލެވެލް "އިގިރޭސި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

ގްރޭޑް 4،5 ގެ ކްލާސްތަކަށް އިނގިރޭސި މާއްދާ ކިޔަވައިދިނުން.

މި ވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް

1.    ލިބިފައިވާ ތަޢްލީމާއި ތަމްރީން

2.    ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3.    ލިބިފައިވާ ހުނަރު (އިންޓަރވިއުކޮށްގެން ބަލައި ކަށަވަރުކުރާ ބައި)

މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން

·     މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 07 ދުވަހުގެތެރޭގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

·     އިންޓަރވިއުއަށް ހާޒިރުވާއިރު މަޤާމަށް އެދި ހުށައަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

·    ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއެކު 2016 ޖޫން 19 އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން ސިޓީއަކުން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

1.      ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)

2.      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ

3.      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)

4.      ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އަދި ވަޒީފާގައި ހޭދަވި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުއްވުން.

އިތުރު މަޢުލޫމާތު

·    މިމަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

·     ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.

·     އެކްރެޑިޓްނުކޮށް ހުންނަ ސެޓުފިކެޓުތަކާއި ލިޔުންތަކަށް މާރކްސްއެއް ނުދެވޭނެއެވެ.

·     ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ އިންޓަރވިއު ޕެނަލުން އެ ލިޔުންތަކުގެ އަސްލު ބަލައި ޗެކުކުރުމަށްފަހު އޮފީހުންނެވެ.

·     މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7952909 އެވެ. އީމެއިލް ކުރައްވާނަމަ މި ސްކޫލުގެ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

09 ޖޫން 2016
ހޯދާ