އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭ.ވީ.އެސް ޓްރެއިނީ

އިޢުލާން

މި ކޮމާންޑުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.  

މަޤާމު:

އޭ.ވީ.އެސް ޓްރެއިނީ

މަޤާމުގެ ކްލެސިފިކޭޝަން:

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގާރޑްސް

މަޤާމުގެ ރޭންކް:

ސީ.އެސް-2

މުސާރަ:

މަހަކު -/5،920 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ކޮއްތު ފައިސާ -/60 ރ (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ސްޕެޝިއަލް ޑިއުޓީ އެލަވަންސް (މުސާރައިގެ %35)

ފޯނު އެލަވަންސްގެ ގޮތުގައި މަހަކު -/150ރ

އަދަދު:

5 (ފަހެއް) ފިރިހެން، 6 (ހަޔެއް) އަންހެން

ތަޢުލީމާއި ތަޖުރިބާ:

  1. ޖީ.ސީ.އީ އޯ ލެވެލްގެ 2 މާއްދާއިން ފާސްވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން "ދިވެހި" މި މާއްދާއިން ފާސްވެފައިވުން. ނުވަތަ،
  2.  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އުމުރު:

18 އަހަރާއި 35 އަހަރާ ދެމެދު.

އިސްކޮޅު:

5 ފޫޓު ހަމަވުން.

މަސައްކަތް ކުރަންޖެހޭ ތަން:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ކޮންމެ އެއަރޕޯރޓެއްގައި ވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ވަޒީފާއަށް ވަނުމާ ވިދިގެން އަންނަ ޕްރޮބޭޝަނަރީ 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކްކޯސް ފުރިހަމަކުރުން.
  2. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެ މީހުން ޢައްޔަންކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވާއިދުތަކާއި މަސައްކަތްކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަކުރުން.
  3. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެ މީހުން ޢައްޔަންކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން، މަދަނީ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެ މީހުން ގެންދާ ތަކެތި ބަލައި އޭވިއޭޝަން ސެކިއުރިޓީ ގޮތުން ފާސްކުރުން.

ފޯމު ހުށަހަޅަންވީ ތާރީޚު:

2016 ޖޫން 13 ވާ ހޯމަަ ދުވަހު މެންދުރުފަހު 00:15 ގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރޒް (ސްޓާފް ކުއަރޓަރސް 2، 1 ވަނަ ފަންގިފިލާ) އަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ  www.avsecom.gov.mv  ގެ  ވެބްސައިޓުންނާއި،  ސިވިލް  ސަރވިސް  ކޮމިޝަނުގެwww.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  5. ހަދާފައިވާ ތަމްރީން ތަކުގެ ކޮޕީ
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުން އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ ލިޔުމެއް.
  7. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭފަދަ ލިޔުމެއް.
  8. އެންމެ ފަހުން ތަޢުލީމު ހާސިލުކޮށްފައިވާ ސްކޫލްގެ ލީވިންގ ސެޓުފިކެޓު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ރީޖަނަލް އެއަރޕޯޓުތަކުގައި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީ އުޞޫލުން މަސައްކަތް ކުރެވޭނެ ސިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ޔުނިފޯމު އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުމާއި އިމްތިޙާން ކުރުން:

މި މަޤާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ މީހުން ޝޯޓް ލިސްޓް ކުރުމަށްފަހު (ޝޯޓް ލިސްޓް ކުރެވޭނީ ތަޢުލީމާއި ތަޖުރިބާ އަށް ބެލުމަށްފަހު)، އެންމެ މަތީން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އަދަދެއްގެ ފަރާތްތަކާއި އިންޓަރވިއު ކުރެވޭނެއެވެ. އެގޮތުން ތިރީގައި އެވަނީ އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލެވެ.

  • އަންހެން- އިންޓަވިއު ކުރެވޭނީ 25 ފަރާތާއެވެ.
  • ފިރިހެން- އިންޓަވިއު ކުރެވޭނީ 20 ފަރާތާއެވެ.

މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށްޓަކައި އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ޓްރޭނީއެއްގެ ވަޒީފާ ދެވޭނެއެވެ. އަދި 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިޔުރިޓީ ބޭސިކް ކޯސް ފުރިހަމަކޮށް، ކޯހުން ފާސްވުމުން ސިވިލް ސާރވިސްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ހޮވޭ ފަރާތްތަކާއި އިންޓަވިއު ކުރުން އޮންނާނީ 19 ޖޫން 2016 އިން 23 ޖޫން 2016 އަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑް ކުއަރޓަރސް  (ސްޓާފް ކުއަރޓަރސް 2، 1 ވަނަ ފަންގިފިލާ) ގައެވެ. ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވެ ލެއްވުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3013435 ނަންބަރު ފޯނަށް ނުވަތަ 3013437 ނަންބަރު ފޯނަށެވެ.

26 ޝަޢުބާން 1437

02 ޖޫން 2016
ހޯދާ