ކޮޅުމަޑުލު ކިނބިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހައުސްކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ހައުސްކީޕަރ

މަޤާމުގެ ރޭންކް:

އެސް. އެސް. 1

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކޮޅުމަޑުލު ކިނބިދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

މަހަކު -/3،100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

 

އިތުރުގަޑިއާއި އެހެނިހެން އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ (އެއްހާސް ރުފިޔާ) 

- ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 

- ލިވިންގ އެލަވަންސް: މަހަކު -/2،550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ އަސާސީ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

 

- ކޯޓް އިމާރާތުގެ އެތެރެއާއި އެންމެހައި ތަންތަނާއި ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

- ކޯޓުން އެކިފަރާތްކަށް ހަވާލުކުރަންޖެހޭ ސިޓީއާއި، ނޯޓާއި، މެސެޖާއި، ކޯޓު އަމުރު އަދި އެހެނިހެން ލިޔުން ހަވާލުކުރުން.

- ގޯތިތެރެގައި ހުންނަ ވިނަތައް އުފުރައި ސާފުކޮށް ބެލެހެއްޓުން.

- ކޯޓުގެ ފާޚާނަތައް ސާފުކޮށް ބެލެހެއްޓުން.

- ކޯޓުގެ ފަންކާތަކާއި ފަރުނީޗަރުގެ ހިރަފުސް ފޮޅައި ސާފުކޮށް ބެލެހެއްޓުން.

- ގޯތިތެރޭގައި ހުންނަ ރުއްގަސް ސާފުކޮށް ބެލެހެއްޓުން.

- ބަގީޗާއަށް ފެންޖަހައި ބަގީޗާ ބެލެހެއްޓުން.

- އަނދާ ހޮޅިބުރިއާއި ބޮކި ބަދަލުކުރުން.

- ކޯޓުން ނައްތައިލާ ލިޔުންތައް ރައްކައުތެރިކަމާއެކު ނައްތައިލުން.

- ކޯޓުން ނައްތައިލަންޖެހޭ ކުނިތައް ނައްތައިލުން.

- މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ޤާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ލިބިފައިވާ ތަޢުލީމާއި ހުނަރު

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މި ކޯޓުން ހަމަޖައްސާ ތަނެއްގައެވެ.  އިންޓަވިއު އޮންނަ ދުވަހާއި އިންޓަރ ވިއު އޮންނަ ތަން އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތް: މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން  ހުށަހަޅާނީ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމުންނެވެ. މި ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

 

 

ހުށަހަޅަންޖެހޭ ތަކެތި:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

- ވަނަވަރު (ސީ.ވީ)

- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:

2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 14:00

 25 ޝަޢުބާން 1437

01 ޖޫން 2016
ހޯދާ