މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަ ކޯޓުއެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ށ. ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ ކޯޓުއެޅުމާ ބެހޭ:

ށ. ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ ކޯޓުއެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު:(IUL)281-ESMS/INDIV/2016/11(12 މޭ 2016) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރި ވާހަކަ ދެންނެވީމެވެ. ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުމާއި މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލުގެ ނާއިބުރައީސް ޢަލީ ޝަހީމް 9756575 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

23 ޝަޢުބާން 1437

30 މޭ 2016
ހޯދާ