މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކުދިން ބަލަހައްޓާ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމް:

ކުދިން ބަލަހައްޓާ

މަޤާމުގެ ގިންތި:

ދާއިމީ

އޮފީސް:

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ފިޔަވަތި، ހުޅުމާލެ)

ބޭނުންވާ އަދަދު:

20 (ވިހި)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް:SS1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ ކުޑަކުދިންގެ ހިޔާ (ޝިފްޓް އުސޫލުން)

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލުކަން ލިބިފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދައުލަތުގެ ބެލުމުގެދަށަށް ނެގޭ ކުދިންގެ ތެރެއިން، ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި ތިބޭ ކުދިން، ހިޔާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓުން.
  2. ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި ތިބޭ ކުދިންނަށް ކާންބޯންދިނުމާއި، ފެންވެރުވުމާއި، ނިންދެވުމާއި، ސްކޫލަށް ގެންދިއުމާއި، ކުދިން ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެނޫން އެންމެހައި މަސައްކަތްތައްވެސް ކުރުން.
  3. ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި ތިބޭ ކުދިން ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި، ހޮސްޕިޓަލަށް ގެންދިއުމާއި، ބޭސްދިނުމާއި، ކުދިން ބަލިވެއްޖެ ހިނދެއްގައި ކުދިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުމާއި، ހޮސްޕިޓަލުގައި ކުއްޖަކު އެޑްމިޓްކޮށް ބަލަހައްޓަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އޮފީހުން ހަމަޖައްސާ އުސޫލެއްގެމަތިން ހޮސްޕިޓަލުގައި ކުއްޖާގާތު ޑިއުޓީކޮށް ބެލެހެއްޓުން.
  4. ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި ތިބޭ ކުދިން މުނިފޫހިފިލުވުމާއި، އެކިއެކި ކުޅިވަރު ނުވަތަ ހަރަކާތްތަކުގައި ކުދިން ބައިވެރިކުރުވުމަށްޓަކައި ކުދިންނާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ފިޔަވަތި އިމާރާތުން ބޭރުގައި ކުދިންނަށް ހިންގާ ހަރަކާތްތަކަށް ކުދިން ގެންދާއިރު އެ ކުދިންނާއެކު އެތަންތަނަށް ގޮސް ކުދިން ބެލެހެއްޓުން.
  5. ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގެ އިތުރުން، ވިލިގިނލީ ކުޑަކުދިންގެ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރުން.
  6. ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ، ހުރިހާ ވަގުތެއްގައިވެސް ކުދިން ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އެކުދިން އުޅޭ ސަރަހައްދު (ފްލޯތައް) ސާފުތާހިރުކޮށް ބެލެހެއްޓުން.
  7. މީގެ އިތުރުންވެސް، އޮފީހުން ކަނޑަޅާ ގޮތެއްގެ މަތިން ރަސްމީ އެންމެހައި މަސައްކަތެއް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި، ފިޔަވަތިން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ، ކިޔަން އެނގޭ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވަރކުޝޮޕާއި، ސެމިނާރު ފަދަ ތަމުރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިއުންތައް.
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، ޖޫން 9 ވާ އަންގާރަ ދުވަހުގެ 13:30 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ވިލިގިނލީ ކުޑަކުދިންގެ ހިޔާ (ރައިވެރިބޭ މަގު) ނުވަތަ ހުޅުމާލެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" (ކަނީރުމަގު) އަށެވެ. 

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

- މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ، ޖޫންމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން:

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތަކާއި، ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް.

- ކުދިން ބެލެހެއްޓުމުގައި ތަޖުރިބާ ލިބިފައިހުރި ފަރާތްތައް.

- މަޑުމައިތިރިކަމާއެކު މުޢާމަލާތުކުރެވޭ ފަރާތްތައް.

- އުމުރުން 25 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތައް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3027524 ނަންބަރު ފޯނަށެެވެ. ނުވަތަ 3027523 ނަންބަރު ފޯނަށެވެ.

22 ޝަޢުބާން 1437
29 މޭ 2016
ހޯދާ