ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕާކް ކުރާނެ ޕާކިން ޒޯނެއް ހަދަން

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަރުކަޒުގެ ބެލުމުގެ ދަށުގައިވާ ޢަބުދުﷲ އިސްމާޢީލް ލައިބުރަރީގެ ގޯތީގައި އެއްޗެތި ޕާކް ކުރާނެ ޕާކިން ޒޯނެއް ހަދަން ބޭނުންވެއްޖެއެވެ.

ވީމާ، މައިގަނޑު ތަކެތި ދިނުމުން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

އާ އޮފީސް ޢިމާރާތުގެ މީޓިންގރޫމުގައި

މައުލޫމާތު ސާފުކުރެއްވުން.

31 މޭ 2016 ވާ އަންގާރަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

09 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 މޭ 2016
ހޯދާ