މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
100 ލެޑް ލައިޓް ގަތުމަށް

އިޢުލާން

100 ލެޑް ލައިޓް ގަންނަން ބޭނުންވެއްޖެ:

މިރަށުގެ މަގުތަކުގައި ޖެހުމަށްޓަކައި މި އިދާރާއަށް، 100 ލެޑް ލައިޓް ( 50 ވޯޓްގެ، އައުޓްޑޯރ ) ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއަށް ލެޑްލައިޓް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ސަމާލުކަންދޭންވީ ކަންތައްތައް

  • ކޮންމެ ބޭފުޅަކަށްވެސް އަންދާސީހިސާބު ހުށަހެޅުއްވޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ.
  • އަންދާސީހިސާބު ބާޠިލުވާ މުއްދަތު ކަމުގައި މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
  • އަންދާސީހިސާބުގައި އަގާއި މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ ތަކެތި ހުށަހަޅުއްވަންވާނެއެވެ.

  • ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ
  • ޖީ.އެސް.ޓީ ރަޖިސްޓަރީގެ ކޮޕީ
  • ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓަރީ ކޮށްފައިވާ ލިޔުމުގެ ކޮޕީ
  • ވިއްކަވަން ހުށަހަޅުއްވާ ލެޑްލައިޓްގެ ސްޕެސިފިކޭޝަންސް (މިންތައް އެނގޭގޮތަށް ކުރެހުމާއެކު)

މިކަމަށް އެދި ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް ޕޮއިންޓުދޭނެގޮތް މިދަންނަވަނީއެވެ.

  • ހުށަހަޅުއްވާ އަގަށް: 70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް )
  • މުއްދަތަށް: 20 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް )
  • ވޮރެންޓީ: 10 (އެންމެ ދިގު މުއްދަތަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް )

މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާއަށް ދުރުވުމުން ނުވަތަ [email protected] މެއިލްކުރެއްވުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި، ނަންބަރު 6645377 ފޯނަށް ގުޅުއްވުން އެދެމެވެ.

26 މޭ 2016
ހޯދާ