މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަދަރުސާއިން ކޮށްފައިވާ ނަންބަރު: GS-82/2016/13 (12 މޭ 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވިއިރު، މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

މި މަދަރުސާގެ ތިރީގައި މިދަންނަވާ މަރާމާތުތައް، ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތަކެއް ހޯދަން ވަނީ ބޭނުންވެފައެވެ.   

  1. ހޯލުގެ ޕާޓިޝަން މަރާމާތުކުރުން
  2. އޮފީސް ބައި ސީލިންގ މަރާމާތުކުރުން
  3. ހޯލުގެ ސީލިންގ މަރާމާތުކުރުމަށް

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ހުއްދަދެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. މިކަމަށް ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތަށްފަހު ހުށަހަޅާ ފޯމުތަކާއި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތެއް ވަކިވަކީން ކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް،  ލެޓަރހެޑްގައި ލިޔެ، ސިޓީއަކުން އަންގަވައިދެއްވުން އެދެމެވެ. އަދި ބަދަލުގައި އަންނަމީހާގެ މުއްދަތު ހަމަނުވާ، އައި.ޑީ ކާޑުގެ ކޮޕީއަކާއި، އައި.ޑީ ކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މަދަރުސާގެ ނަންބަރު 6500535 ފޯނަށް ގުޅުއްވުން އެދެމެވެ.

30 މޭ 2016
ހޯދާ