އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ގިންތި: ދާއިމީ

ބޭނުންވާ އަދަދު: 1

މަޤާމުގެ ނަންބަރު: J-226942

މަޤާމް: ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

މުސާރަ: މަހަކު -/5،610 ރުފިޔާ  

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޮފީސް: އދ. މަންދޫ ކައުންސިލްގެ އިދާރާ

ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

ސެކްޝަން: -

ވަޒީފާ އަދާކުރަންޖެހޭ ތަން: އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ/ އދ. މަންދޫ

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓް / ފައިނޭންސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓް / ފައިނޭންސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިޔުމަން ރިސޯސް މެނޭޖްމަންޓް / ފައިނޭންސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ ޝަރުޠު:

1. ރަށުގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒުކުރުމަށް، ރަށު ކައުންސިލާއި ސަރުކާރުން ހަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތަކާއި ކައުންސިލުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.

2. ކައުންސިލްގެ ނަމުގައިވާ ބިންބިމާއި ފަރާއި ފަޅުފަދަ ތަންތަން ކުއްޔަށް ދޫކުރުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކްކުރުން.

3. އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެމަތިންނާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ރަށުގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ފަޅާއި ބިން، އެކި ބޭނުމަށް ކުއްޔަށްދޫކުރުމާއި ދިނުން.

4. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުއެޅުމާއި، ރަށުގެ އެއްގަމު ތޮށްޓާއި ކަނޑު ތޮށިގަނޑު މަރާމަތުކޮށް ބެލެހެއްޓުން.

5. އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- ތަޢުލީމާއި ތަމްރީން: ކަނޑައެޅިފައިވާ އިންސައްތަ %49

- މަސައްކަތުގެ ތަޖުރިބާ: ކަނޑައެޅިފައިވާ އިންސައްތަ % 8

- އިންޓަވިއު: ކަނޑައެޅިފައިވާ އިންސައްތަ %43

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ.

އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި  ވަޒީފާއަށް  އެދޭ  ފަރާތްތަކުން،  ވަޒީފާއަށް  އެދޭ  ފޯމު  ފުރިހަމަކުރުމަށްފަހު،  ފޯމާއެކު  ހުށަހަޅަންޖެހޭ ލިޔުންތައް، 2016  މޭ  25  ވާ  ބުދަދުވަހުގެ  ހެނދުނު  11.00  ގެ  ކުރިން،  އަރިއަތޮޅު  ދެކުނުބުރީ  އަތޮޅު  ކައުންސިލްގެ އިދާރާއަށް ނުވަތަ އދ. މަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލުންނާއި ފެކުހުންވެސް ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ 6680522 އެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

1- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  އަރިއަތޮޅު  ދެކުނުބުރީ  އަތޮޅު  ކައުންސިލްގެ އިދާރާއިންނާއި،  އދ.  މަންދޫ  ކައުންސިލްގެ  އިދާރާއިން  ލިބެން  ހުންނާނެއެވެ.)

2- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކްލެސިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6680507 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6680522 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

އިތުރު މަޢުލޫމާތު:

10 ޝަޢުބާން 1437

17 މޭ 2016
ހޯދާ