މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތްދުވަހު ޚިދުމަތްދޭ ގަޑިތައް

އިޢުލާން

1437 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތްދުވަހު މި އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށެވެ. އަދި ބޭންކިންގ ސެކްޝަނުން ދެމުންގެންދާ ޚިދުމަތްތަކާއި، ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.

ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށް.

ސިޓީއާއި ތަކެތި ބަލައިގަތުން: ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށް.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޝަޢުބާން 1437

16 މޭ 2016
ހޯދާ