ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޮސްޓްރޮމް ގައި ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން      

ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ހުރި ރޮސްޓްރޮމްގައި ނުނިމިހުރި މަސައްކަތްކުރުމާ ބެހޭ:

ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ޢިމާރާތްކޮށްފައިވާ ރޮސްޓްރޮމް ގައި ނުނިމިހުރި މަސައްކަތް ކޮށްދިނުމަށް ކުރެވުނު މި ކައުންސިލްގެ ނަންބަރު:(IUL)258/2016/29 (24 މާރިޗު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 16 ވާ ހޯމަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތްކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރު:18/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު:19/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މި ފުރުޞަތުގައި އަންގައި އިޢުލާނުކުރީމެވެ.

27 ރަޖަބު 1437

04 މޭ 2016
ހޯދާ