މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ގެނެސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އިންނަމާދޫ ކައުންސިލަށް ބޭނުންވެގެން، ޕިކަޕެއް ގެނެސްދޭނެ ފަރާތެއް ހޯދަން:

މި ކައުންސިލުން ދޭ މަޢުލޫމާތުތަކާ އެއްގޮތަށް، 2 (ދެއެއް) ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ކަސްޓަމާ ހަމައަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 9 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕިކަޕް ގެނެސްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ. ޕްރޮޕޯސަލް ކެނޑުން އޮންނާނީ ޕްރޮޕޯސަލްތައް ހުށަހަޅާ ގަޑީގައި، ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު، ދެވިފައިވާ މަޢުލޫމާތާ އެއްގޮތަށް ފުރިހަމަނުކުރައްވާ ޕްރޮޕޯސަލްތައް، ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު، ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. އަދި ބަދަލުގައި އެއްވެސް ފަރާތަކުން ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ