ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

މި މަރުކަޒާއި ހެޑްމާސްޓަރ ގޯއްޗާއި ދެމެދު އޮންނަ މަގުގެ އިރުމަތީކޮޅު، ހެޑްމާސްޓަރ ގޯތީގެ އިންފާރާއި ސްކޫލު ގޯތީގެ އިންފާރު އެއް ފާރެއްގެ ގޮތުގައި ގުޅުވާލުމަށްފަހު، މި މަރުކަޒުން ކަނޑައަޅާ ތަނެއްގައި ގޭޓެއް ބަހައްޓަން ބޭނުންވެއްޖެއެވެ.     

ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭން އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަށްވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބުހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

އާ އޮފީސް ޢިމާރާތުގެ މީޓިންގ ރޫމުގައި

މައުލޫމާތު ސާފުކުރެއްވުން.

2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބުހުށަހެޅުމާއި، އަންދާސީހިސާބު ކެޑުން.

2016 މެއި 23 ވާ ހޯމަ ދުވަހުގެ 10:30 ގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 މޭ 2016
ހޯދާ