ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރިސެޕްޝަން އޭރިއާގައި މިހާރު ހުރި ކައުންޓަރު ނަގައި އަމިއްލަ ތަކެތީގައި އާކައުންޓަރެއް ޖަހައި ބަހައްޓައިދިނުމާއި، ރިސެޕްޝަން އޭރިއާގައި ކުލަލުމާއި، ކަރަންޓް ވައިރިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ހައިކޯޓުގެ ނަންބަރު IUL95-PM/1/2016/26 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތަށް މާބޮޑުކަމަށް ފެންނާތީ، މި އިޢުލާން ބާޠިލުކޮށް 3 ވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިސެޕްޝަން އޭރިއާގައި މިހާރު ހުރި ކައުންޓަރު ނަގައި އަމިއްލަ ތަކެތީގައި އާކައުންޓަރެއް ޖަހައި ބަހައްޓައިދިނުމާއި، ރިސެޕްޝަން އޭރިއާގައި ކުލަލުމާއި، ކަރަންޓް ވައިރިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މި ކޯޓުގެ މީޓިންގ ރޫމް 01 ގައެވެ.              

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ