ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން                         

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

މި މަރުކަޒާއި ހެޑްމާސްޓަރ ގޯއްޗާ ދެމެދު އޮންނަ މަގުގެ އިރުމަތިފަރާތުން ހެޑްމާސްޓަރ ގޯތީގެ އިންފާރާއި ސްކޫލު ގޯތީގެ އިންފާރު އެއްފާރެއްގެ ގޮތުގައި ގުޅުވާލުމަށްފަހު، މި މަރުކަޒުން ކަނޑައަޅާ ތަނެއްގައި ގޭޓެއް ބަހައްޓަން ބޭނުންވެއްޖެއެވެ.     

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

އާ އޮފީސް ޢިމާރާތުގެ މީޓިންގ ރޫމުގައި

މަޢުލޫމާތު ސާފުކުރެއްވުން.

2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 11.00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2016 މޭ 23 ވާ ހޯމަ ދުވަހުގެ 10.30 ގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27 އޭޕްރިލް 2016
ހޯދާ