ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ރަޖިސްޓްރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:       

އެސިސްޓެންޓް ރަޖިސްޓްރަރ

ކޯޓް:

ދިވެހިރާއްޖޭގެ ހައިކޯޓު

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ:

މަހަކު -/13،065 ރުފިޔާ

ސަރވިސް އެލަވަންސް:                

މަހަކު -/3،000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/2،850 ރުފިޔާ

ޖުޑީޝަލް އެލަވަންސް:

މުސާރައިގެ % 60

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ  ޝަރުޠު:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  7  ގެ  ސަނަދެއް  ނުވަތަ  ލެވެލް  8  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރ (އެލް. އެސް. 4) ގެ މަޤާމުގައި ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި 9 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެ 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލީގަލް އޮފިސަރގެ (އެލް. އެސް. 4) ގެ މަޤާމުގައި ނުވަތަ އެފެންވަރުގެ މަޤާމެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        މަސްއޫލިއްޔަތު:

1. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.

2. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ހައިކޯޓުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުން.

3. ބަލައިނުގަނެވޭ ބާވަތުގެ މައްސަލަތަކުގައި ސަބަބު ބަޔާންކޮށް ލިޔުމުން ޖަވާބުދީ، އެ ޖަވާބު ދެވުނު ސަބަބު، މައްސަލަ ހުށަހެޅި ފަރާތަށް އިތުރަށް ސާފުކޮށްދިނުމާއި، ރެޖިސްޓްރޭޝަންފީ ދެއްކުމަށް ލިޔުމުން އެންގުން.

4. ހައިކޯޓުގެ ފުރަތަމަ މަރުޙަލާގެ ރަޖިސްޓްރީއާއި މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.

5. ހައިކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުން.

6. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެޚަޞްމުންކުރެ ޚަޞްމެއްގެ އެދެމުގެމަތިން، އެފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

7. މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

8. ހައިކޯޓަށް ހުށަހެޅި، ސެކްޝަންތަކަށް ފޮނުވިފައިނުވާ މައްސަލައަކާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކާ މުޢާމަލާތްކުރުން.

9. ހައިކޯޓުގެ ގަވާއިދުން ކަނޑައަޅާ އުސޫލަކުން ދިވެހި ކޮންމެ ފަރުދަކަށްވެސް ހައިކޯޓުގެ ޚިދުމަތް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް، ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

10. ސެކްޝަނުގެ އެންޓްރީ ބަލައިގަތުމާއި، ފިޔަވަޅު އެޅުން. މިގޮތުން ސެކްޝަނަށް ލިބޭ ލިއުންތަކާއި، ޖަވާބުދެވުނު ލިއުންތަކާއި، ޖަވާބު ނުދެވިހުރި ލިއުންތަކުގެ މަޢުލޫމާތު އިސްފަނޑިޔާރަށް އެރުވުން.

11. ސެކްޝަނުން ކުރީދުވަހު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޔައުމިއްޔާ ލިއުން.

12. ފައިލިން ސިސްޓަމާއި، ސެކްޝަނުގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުން.

13. މައްސަލަތަކާ ގުޅިގެން ހައިކޯޓަށް ހުށަހަޅާ، ރެޖިސްޓްރޭޝަނުން ޖަވާބުދޭންޖެހޭ ސިޓީތަކަށް، އިސްފަނޑިޔާރުގެ އިރުޝާދުގެދަށުން ޖަވާބު ތައްޔާރުކުރުން.

14. ސެކްޝަނުގެ މަސައްކަތާ ގުޅިގެން ސެކްޝަންތަކުން ގެންނަ ލިޔުންތަކުގައި ސޮއިކުރުން.

15. ރެޖިސްޓްރޭޝަންގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތާ ގުޅިގެން އިރުޝާދުދީ އެހީތެރިވުން.

16. ހައިކޯޓުގެ ނިންމުންތަކުގެ ރެޖިސްޓަރީ ބެލެއްޓުން.

މަޤާމަށް އެދި ހުށަހަޅާ ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް  އެދޭ  ފޯމު (ވަޒީފާއަށް  އެދި  ފުރިހަމަކުރަންޖެހޭ  ފޯމު،  ހައިކޯޓުގެ  ކައުންޓަރުން  ލިބޭނެއެވެ. އަދި  ހައިކޯޓުގެ ވެބްސައިޓް  www.highcourt.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އެނގޭގޮތަށް)
  1. ބޮންޑެއް އޮތް ފަރާތެއްނަމަ، ވަޒީފާއިން ދޫކުރާނެކަމުގެ ލިޔުން.

ނޯޓު: މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސުންގަޑި:

2016 މޭ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ