ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ބަޖެޓް އޮފިސަރ

އިޢުލާން

ޑިރެކްޓަރކަމުގެ ވަޒީފާގެ ފުރުޞަތު:

މި ކޯޓުން 7 މާރިޗު 2016 ގައި ކޮށްފައިވާ IUL)95-A/1/2016/17) ނަންބަރުގެ އިޢުލާނާ ގުޅިގެން ބަޖެޓް އޮފިސަރގެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން މީހަކު އެ މަޤާމަށް ހަމަޖެހިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް:       

ބަޖެޓް އޮފިސަރ

މަޤާމުގެ ރޭންކް: MS1  

ކޯޓް / ސެކްޝަން:

ދިވެހިރާއްޖޭގެ ހައިކޯޓު، ބަޖެޓް ސެކްޝަން

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:               

-/2،000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/2،850 ރުފިޔާ

ޖުޑީޝަލް އެލަވަންސް (މުސާރައިގެ %45)

2،524/50 ރުފިޔާ

މަޤާމުގެ  ޝަރުޠު:

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް ލިބެމުންދިޔުމާއެކު، GS4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

1- ފައިނޭންސް ސެކްޝަނުގެ އެންމެހައި ފައިސާއާބެހޭ ހުރިހާ މަސައްކަތްތައް ޑިރެކްޓަރގެ ލަފާގެމަތިން ކުރުން:

2- 97 ނަންބަރު (ބަޖެޓް) އެކައުންޓް ގަވާއިދާ އެއްގޮތަށް އެކައުންޓުން ޚަރަދުކުރުމާއި، އެކައުންޓް ބަލަހައްޓައި ރިކޯޑް ބެލެހެއްޓުން.

3- 97 ނަންބަރު އެކައުންޓުގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މަހެއްގެވެސް 14 ވަނަދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.

4- ކޯޓުގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

5- ޖެހިގެން އަންނަ އަހަރުގެ ބަޖެޓް ޑެޑްލައިނަށް ނިންމުން.

6- ހިނގާ އަހަރުގެ އަހަރު ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތުތައް ހޯދައި، ކަނޑައެޅިފައިވާ ތާރީޚަށް އަހަރީ ރިޕޯޓް ނިންމާފައި އެޑްމިން ސެކްޝަނާ ހަވާލުކުރުން.

7- ކޯޓުން ބަލައިގަންނަފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރުމުގެ އެންމެހައި ކަންތައްތައް ކުރުން.

8- ޑިޕޮޒިޓްގެގޮތުގައި ބަހައްޓާ ފައިސާ އޭގެ ޙައްޤު ވެރިންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައި އެފާރާތްތަކަށް ހަވާލުކުރުން.

9- 1066 ނަންބަރު އެކައުންޓުގެ ރިޕޯޓް ތައްޔާރުކޮށް ކޮންމެ މީލާދީ މަހެއްގެ 14 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި، އޮޑިޓަރޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.

10- 1066 ނަންބަރު އެކައުންޓުގައި ހުންނަ ފައިސާގެ ތަފްސީލް އަޕްޑޭޓްކޮށް ބެލެހެއްޓުން.

11- 191 ނަންބަރު އެކައުންޓުގެ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މަހެއްގެވެސް 14 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި، އޮޑިޓަރޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.

12- ޑިރެކްޓަރގެ ލަފާގެމަތިން ތިޖޫރީ ބެލެހެއްޓުމާއި، ޕެޓީކޭޝް ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ ދުވަހު ތިޖޫރީބާކީގެ ރިޕޯޓް ޑިރެކްޓަރގެ ލަފާގެމަތިން ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.

13- ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެ މަސައްކަތެއްކުރުން.

14- މަތީގައިވާ ކަންކަމުގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ނުރަސްމީ ގަޑީގައިވެސް، ވެރިން އަންގަވާ ރަސްމީ މަސައްކަތް ކުރުން. 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓް www. highcourt.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ ހުށަހަޅާނީ، ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.)
  3. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރުދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެނގޭނޭ، އެ އޮފީހަކުން ދޫކުރައްވާފައިވާ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް) (މިފަދަ ލިޔުމެއްގެ ގޮތުގައި، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާން ފޮނުއްވިޔަސް، އެ ވަޒީފާގެ ބަޔާނަށް ބަލައިގެން ޕޮއިންޓެއް ނުދެވޭނެއެވެ.)
  7.  ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ  އުޅުމާއި  އަޚުލާޤު  އެނގޭނޭ  ފަދަ  ލިޔުމެއް  ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  8. ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ވަޒީފާއިން ވަކިކޮށްދެނޭކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުން ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް ޢަމަލެއް ނުކުރެވޭނެއެވެ.)

އިތުރު އިރުޝާދު:

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލުގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހަޅަންޖެހެނެއެވެ.
  • ޝަރުޢީ  ދާއިރާގެ  މުވައްޒަފުންގެ  ގަވާއިދުގެ  86  ވަނަ  މާއްދާގައިވާ  ގޮތުގެ  މަތީން މި މަޤާމަށް ހޮވޭ މުވައްޒަފު ދާއިމީކުރެވޭނީ، 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެ މުވައްޒަފުގެ ޕާރފޯމެންސަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

ޕޮއިންޓް ދެވޭގޮތް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން: %40

- ލިބިފައިވާ ތަޖުރިބާ: % 8

- ލިބިފައިވާ ހުނަރާއި، ފެންވަރާއި، ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު): %40

- މަސައްކަތުގެ ފެންވަރުބެލުން (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.): % 7

- މުވައްޒަފުގެ ހާޒިރީ (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.): %2.5

- މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާގު: (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.): %2.5

ސުންގަޑި:

2016 މޭ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

3325029 ނަންބަރު ފޯނުން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

20 ރަޖަބު 1437

27 އޭޕްރިލް 2016
ހޯދާ