ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

11 ފެބުރުވަރީ 2016 ގައި މި ކޯޓުން ކޮށްފައިވާ 95A/1/2016/11 (އައިޔޫއެލް) ނަންބަރުގެ ޢިއުލާނުގައިވާ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް މީހަކު ހަމަޖެފައިނުވާތީ، އެ ޢިއުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން ޢިއުލާން ކުރަމެވެ.

މަޤާމް:       

ޑިރެކްޓަރ

މަޤާމުގެ ރޭންކް: EX1  

ކޯޓް / ސެކްޝަން:

ދިވެހިރާއްޖޭގެ ހައިކޯޓު، އައި.ޓީ ސެކްޝަން

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ:

މަހަކު -/8،835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/2،850 ރުފިޔާ

ޖުޑީޝަލް އެލަވަންސް:

މަހަކު 3،975/75 ރުފިޔާ

މަޤާމުގެ  ޝަރުޠު:

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސަސއްކަތުގެ ފެންވަރުވެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، MS 4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ކޯޓަށް ބޭނުންވާ އިންފޮމޭޝަން ސިސްޓަމްތައް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ފަރުމާކޮށް ޤާއިމްކުރުން.
  2. ކޯޓުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެންމެހައި އާލާތްތަކާއި، ނެޓްވޯރކާއި، ޕްރޮގްރާމްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.
  3. ކޯޓުގެ ކޮމްޕިއުޓަރ ވިއުގަ ބެލެހެއްޓުން.
  4. ކޯޓުގެ މައްސަލަތަކުގެ ތާވަލުތަކާއި ކޯޓުގެ ނިންމުންތައް ވެބްސައިޓުގައި ޝާއިޢުކުރުމުގައްޔާއި، ކޯޓުގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑްކުރުމުގައި މީޑިއާ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  5. ކޯޓުގެ ކޮމްޕިއުޓަރުތަކާއި އެއާގުޅޭ އެންމެހައި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  6. ކޯޓުގެ ވެބްސައިޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން.
  7. ޝަރީޢަތްތައް ރެކޯޑްކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އެކަމަށްޓަކައި ޝަރީޢަތްކުރާ ހޯލުގައި ގެންގުޅޭ މެޝިނަރީސްތަކާއި އިކުއިޕްމެންޓްތައް މެއިންޓެއިން ކުރުން.
  8. ސެކްޝަނުގެ މަސައްކަތް ހަލުއިވާނެ ގޮތްތަކުގެ މައްޗަށް ބަލައިގެން މުވައްޒަފުންނަށް މަސައްކަތް ބަހާލައި، މަސައްކަތް އިންތިޒާމުކޮށް ހިންގުން.
  9. ސެކްޝަންގެ މަސައްކަތް ރާވައި، އިންތިޒާމްކޮށް ހިންގުމާއި، ސެކްޝަންގެ މަސައްކަތް އަހަރަކު އެއްފަހަރު ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ސުޕަވައިޒަރަށް ހުށަޅައިގެން ގެނައުން.
  10. ޚާއްޞަ ހާލަތެއް ދިމާވެގެން ހަވާލުކުރެވޭ މަސައްކަތްވެސް ޒިންމާދާރުކަމާއެކު ކުރުން.
  11. ތަނުގެ ސިއްރު ހިފެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރަން މަސައްކަތް ކުރުމާއި، މަޞްލަޙަތަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ނުކުރުން.
  12. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް ކުރިއެރުވުމަށްޓަކައި ކޯޓުން ކަނޑައަޅާ ކޯސް، ސެމިނާރު، ވޯކްޝޮޕާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުން.
  13. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެ މަސައްކަތެއް ކުރުން.
  14. މީގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ވެރިން އަންގަވާ ރަސްމީ މަސައްކަތް، ނުރަސްމީ ގަޑީގައިވެސް ކުރުން.

ޑިރެކްޓަރގެ މަޤާމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ www. highcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާނަމަ ހުށަހަޅާނީ، ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، އެންމެ ފަހުން ވަޒީފާ އަދާކުރި ދެ އަހަރުދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެނގޭނޭ، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  7. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  8. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  9. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާޤު އެނގޭ ފަދަ ލިޔުމެއް ހުށަހެޅުން.
  10. ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
  11. ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ  ލިއުމާއި،  ޓްރާންސްކްރިޕްޓާއި،  އެ  ކޯހަކީ  މޯލްޑިވްސް  ކޮލިފިކޭޝަން  އޮތޯރިޓީން  ގަބޫލްކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލުގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމެއް ހުށަހެޅުން.

ޕޮއިންޓް ދެވޭގޮތް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން: %40

- ލިބިފައިވާ ތަޖުރިބާ: % 8

- ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު) %40

- މަސައްކަތުގެ ފެންވަރުބެލުން (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) % 7

- މުވައްޒަފުގެ ހާޒިރީ (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

- މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާޤު (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

ސުންގަޑި:

2016 މޭ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ