އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތް ތަޅާލުމަށް ފަހު، ބޭނުންކުރެވޭގޮތަށް ހުރި ތަކެތި ނަގައި، ގައުތައް އުކައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެދުރުގޭގެ ބައު ޢިމާރާތް ތަޅާލުމާ ބެހޭ:

އދ. އޮމަދޫ އެދުރުގޭގެ ބައު ޢިމާރާތް ތަޅާލުމަށްފަހު، ބޭނުންކުރެވޭގޮތަށް ހުރި ތަކެތި ނަގައި، ގައުތައް އުކައިދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

ވީމާ، އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 2016 މޭ 02 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލުގެ އިދާރާއަށް ވަޑައިގަތުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

17 ރަޖަބު 1437

 

24 އޭޕްރިލް 2016
ހޯދާ