ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފުޓްސަލްދަނޑު މަރާމާތުކުރުމާ ގުޅޭ:

ފުވައްމުލަކު މިސްކިތްމަގުގައި ޤާއިމުކުރެވިފައިވާ މެދު ދާއިރާގެ ސްޕޯޓްސް އެރީނާގައި ހިމެނޭ ފުޓްސަލްދަނޑު މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގައި މިސްކިތްމަގު ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަ ދެންނެވީމެވެ.  

18 ރަޖަބު 1437

25 އޭޕްރިލް 2016
ހޯދާ