ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ (ފައިނޭންސް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑިރެކްޓަރ (ފައިނޭންސް)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު: -/8،835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،250 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ރޭންކް:

EX1-1

 

 

 

މަޤާމުގެ ޝަރުޠުތައް:

  • އަންނަނިވި ހުރިހާ ތަޢުލީމީ ފެންވަރެއް ހުރުމާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން އެނގުން:

1. އެކައުންޓިންގ / ފައިނޭންންސްގެ ދާއިރާއިން ލެވެލް 8/7 ގެ ބެޗެލަރޒް ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި އުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ، ގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ؛

2. ފުޅާ ދާއިރާއެއްގައި އެކައުންޓިންގ / ފައިނޭންސްގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ލެވެލް 9/8 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލުކުރުމަށްފަހު، ގުޅޭ ތަޖުރިބާ ހާސިލުކޮށްފައިވުން.

  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް އެކުލަވައިލުން.
  • ޔުނިވަރސިޓީގެ ހިސާބުތައް ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނަ ސިސްޓަމްތައް އެކުލަވައިލައި ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ފައިސާގެ މުޢާމަލާތުތައް ޔުނިވަރސިޓީއަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ، މެނޭޖްމަންޓާއި ކައުންސިލަށް ދިނުން.
  • ޔުނިވަރސިޓީގެ އަހަރީ ހިސާބުތަކާއި ކައުންސިލަށް ބޭނުންވާ ހިސާބުތައް ތައްޔާރުކުރުން.
  • ޔުނިވަރސިޓީން ހިންގާ އެންމެހައި ޕްރޮގްރާމްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމްތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދާކަން ޔަގީންކުރުން.
  • ފައިސާގެ މުޢާމަލާތުތައް ހިނގާނުހިނގާގޮތް ބަލައި، އެންމެހައި މުއާސަލާތްތައް ހިނގަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކުގެ ތެރެއިންކަން ޔަގީންކުރުން.
  • ޔުނިވަރސިޓީން ޢަމަލުކުރާ އިންޓަރނަލް ކޮންޓްރޯލްތަކަކީ ފައިސާގެ މުޢާމަލާތުތަކަށް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކާ އެއްގޮތަށް ކުރިއަށްދިއުމަށް ބާރުއަޅާ ކޮންޓްރޯލްތަކެއްކަން ޔަގީންކުރުން.
  • ޔުނިވަރސިޓީގެ އޮޑިޓަރުންނަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމާއެކު، ޔުނިވަރސިޓީން ތައްޔާރުކުރާ ހިސާބުތަކަކީ ފާއިތުވެދިޔަ އަހަރު ޔުނިވަރސިޓީ ހިންގާފައިވާގޮތް ދައްކުވައިދޭ ޞައްޙަ ހިސާބުތަކެއްކަން ޔަގީންކުރުން.
  • ޔުނިވަރސިޓީގެ ފައިނޭންސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ހިނގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ޤާއިމްކޮށްދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން މި ފޯމު ލިބެން ހުންނާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މި   މަޤާމަށް   ހޮވޭ   މުވައްޒަފަކު   މަސައްކަތްކުރަން   ޖެހޭނީ،   ހެނދުނު   8:00  އާއި  23:00 އާ ދެމެދުން 7 ގަޑިއިރުއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 މޭ 4 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް 3325488 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ