ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު

މަޤާމުގެ ރޭންކް:

އެސް. އެސް. 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު:

2 (ދޭއް)

ސެކްޝަން: އިދާރީ

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ.

މަސައްކަތް ކުރަންޖެހޭ ތަން

ފ. އަތޮޅު ތަޢުލީމީ މަރުކަޒު، ފ. ނިލަންދޫ، ދިވެހިރާއްޖެ

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ސްކޫލުގެ އިމާރާތްތަކާއި، ފުރާޅާއި، ރުއްގަހާއި، ގޯތިތެރެ ކުނިކަހައި، ސާފުތާހިރުކޮށް ބެލެހެއްޓުން.
  2. މާލޭން ސްކޫލަށް ގެންނަ ތަކެތި ބަނދަރުން ސްކޫލަށް ގެނައުން.
  3. ސްކޫލާއި، އެކިއެކި އޮފީސްތަކުގެ ބޭނުމަށް ސްކޫލުން އަންގާ ގޮތެއްގެ މަތިން ހޯލާއި އެހެނިހެން ތަންތަން ޖަލްސާފަދަ ކަންތަކަށް ތައްޔާރުކުރުން.
  4. މަރުކަޒުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

މި ވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލޭނެ ކަންކަން:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ، ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޝާއިޢުކޮށްފައިވާ،  ސިވިލް  ސަރވިސްގެ  ވަޒީފާތަކަށް  މީހުން  ހޮވުމާއި  ޢައްޔަންކުރުމުގެ  މިންގަނޑުތަކާއި އުޞޫލުތަކަށެވެ. މިގޮތުން، މި ވަޒީފާތަކަށް އެންމެ ޤާބިލުފަރާތެއް ކަނޑައަޅާނީ، A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅައިގެންނެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު (އިންޓަރވިއުކޮށްގެން ބަލައި ކަށަވަރުކުރާބައި)

 

މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި މި މަރުކަޒުގެ އޮފީހުގައެވެ.
  • އިންޓަވިއުއަށް ހާޒިރުވާއިރު، މަޤާމަށް އެދި ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
  • ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2016 މޭ 8 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.

  1. ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ފެންވަރުގެ ސަނަދުތައް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  4. ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތާއި، ވަޒީފާގައި ހޭދަވި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.
  5. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ކުރިމަތިލާ ފަރާތަކީ، އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.
  • އެކްރެޑިޓްނުކޮށް ހުންނަ ސެޓްފިކެޓްތަކާއި ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.
  • ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ، އިންޓަވިއު ޕެނަލުން އެ ލިޔުންތަކުގެ އަޞްލު ބަލައި ޗެކްކުރުމަށްފަހު އޮފީހުންނެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 7952909 އެވެ. އީމެއިލް ކުރާނަމަ، މި ސްކޫލުގެ އީމެއިލް [email protected] އަށް މެއިލްކުރުން އެދެމެވެ.
 19 ރަޖަބު 1437   
26 އޭޕްރިލް 2016
ހޯދާ