ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާނޭރެ އަތިރި ސަރަޙައްދަށް ކުނި އުކާލުމާ ގުޅޭ

އިޢުލާން

މާނޭރެ އަތިރި ސަރަޙައްދަށް ކުނި އުކާލުމާ ގުޅޭ:                 

މާނޭރެ އަތިރި ސަރަޙައްދަކީ އާންމުކޮށް އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން އަދި ހުރިހާ އުމުރު ފުރައެއްގެ މީހުންވެސް މޫދަށް އެރި އުޅޭ ސަރަޙައްދެއް ކަމުން، މިސްކިތްފަންނުން ފެށިގެން ފީދިފަންނާއި ދެމެދަށް ގޮނޑުދޮށާއި ހޭޅިފަށަށް އެއްވެސް ބާވަތެއްގެ ކުންޏެއް އުކާލުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. މިކަން ތަކުރާރުކުރާ ފަރާތްތަކަށް ކުންޏާ ބެހޭ ސިޔާސަތުގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަވެސް އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

މީގެ އިތުރުން މި ސަރަޙައްދުން މަދުން ނަމަވެސް ވެއްޔާއި، އަކިރި، އަދި ދޮންވެލި ނަގަމުން ދާތީ، މިކަމަކީވެސް މަނާކަމެއްކަން ހަނދާންކޮށްދީ މި ފަދަ ޢަމަލުތައް ކުރާ ފަރާތްތަކުން މިކަން ހުއްޓާލުމަށް މި ފުރުޞަތުގައި ހަނދާންކޮށްދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

18 ރަޖަބު 1437

 

25 އޭޕްރިލް 2016
ހޯދާ