މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ތެރެއިން ޕެންޝަން ލިބޭ އުމުރު ހަމަވާ ފަރާތްތަކަށް، އެނުއިޓީ ޕްރޮޑަކްޓެއް މެދުވެރިކޮށް ޕެންޝަން ހޯދުމުގެ އިޚުތިޔާރު ދިނުމަށް މިއޮފީހުން ގަސްތުކުރަމެވެ. މިގޮތުން ދެވޭ އެނުއިޓީ ޕްރޮޑަކްޓް ވިއްކާ ފަރާތަކީ، ދިވެހިރާއްޖޭގައި ލައިފް އިންޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ކުންފުންޏަކަށް ވާންވާނެއެވެ.

ވީމާ، ޕެންޝަން އޮފީހާ ގުޅިގެން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންނަށް އެނުއިޓީ ޕްރޮޑަކްޓެއް މެދުވެރިކޮށް ޕެންޝަން ފައިސާ ފޯރުކޮށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 4 މޭ 2016 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

26 އޭޕްރިލް 2016
ހޯދާ