ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
12 ޓަޗް ސްކްރީން ސަޕްލައިކޮށްދޭ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ހައިކޯޓުގެ ނަންބަރު (IUL95-PM/1/2016/29) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މި އިޢުލާން ބާޠިލުކޮށް، 2 ވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް، 15 އިންޗިއާއި 20 އިންޗިއާ ދެމެދުގެ 12 ޓަޗް ސްކްރީން (All-in-one Touch Screen) ސަޕްލައިކޮށްދޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2 މޭ 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުންއެދެމެވެ.

މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/35_bid_info_sheet._all_in_one_touch_screen.pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ