ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ބަހައްޓާފައިހުންނަ ތަކެއްޗާގުޅޭ

އިޢުލާން  

ގޭގެއާ ގޯތިގޯތި ގުޅިފައިވާ މަގުތަކުގައި ބަހައްޓަފައި ހުންނަ ތަކެއްޗާ ގުޅޭ:                 

މިހާރަކަށް އައިސް ބައެއް ގޭގެއާއި ގޯތިގޯތި ގުޅިފައިވާ މަގުތައް ސާފުކޮށް އެ މަގުތަކުން ވިނަ ފެޅުން މަދުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި މަގުމަތީގައި ކާޑުބޯޑުތަކާއި، ޓިނާއި، ލަކުޑި އަދި ބޮޑެތި ގާތައް ބަހައްޓަމުން ދިއުމުގެ ސަބަބުން އެ މަގުތަކުން ހިނގާބިނގާވާ މީހުންނާއި ދުއްވާ ފަރާތްތަކަށް ތަފާތު އުނދަގޫތަކާ ކުރިމަތިވެ އެކިވަރުގެ އަނިޔާ ލިބެމުންދާކަމުގެ ޝަކުވާ މި ކައުންސިލަށް ދަނީ ލިބެމުންނެވެ.

ވީމާ، މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި މަގުމަތީގައި މިފަދަ އެއްޗެހިތައް ބަހައްޓާފައިވާ ފަރާތްތަކުން އެތަކެތި ނަގައި މަގު ސާފުކުރުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެތި މި ކައުންސިލްގެ ފަރާތުން ނައްތައިލެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016
ހޯދާ