މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނ. މާޅެންދޫ ކުޅިވަރު ސަރަހައްދުގައި ފުޓްސަލްދަނޑެއް ޤާއިމުކުރުމާ ގުޅޭ.

މިރަށު ކުޅިވަރު ސަރަޙައްދުގައި ފުޓްސަލްދަނޑެއް އެޅުމަށް ބޭނުންވާތީ މި މަސައްކަތްކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތަކުން 02 މޭ 2016 ވާ ހޯމަ ދުވަހުގެ 10:30 އަށް ނ. މާޅެންދޫ ކައުންސިލު އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

10 ރަޖަބު 1437

17 އޭޕްރިލް 2016
ހޯދާ