ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ކަރަންޓް 3 ފޭސް އަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ސްކޫލުގެ ކަރަންޓް 3 ފޭސްއަށް ބަދަލުކުރުން:

މި ސްކޫލުގެ ކަރަންޓް 3 ފޭސްއަށް ބަދަލުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލުގެ ފޯން ނަންބަރު: 6520535 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަހަޅުއްވަން ދުރުވާ ފަރާތްތަކުން އެކަން އެނގޭނެ ސިޓީއެއް ހިފައިގެން ދުރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށައެޅުން

04 މޭ 2016 (ބުދަ) ދުވަހުގެ 11:00 އަށް

11 މޭ 2016 (ބުދަ) ދުވަހުގެ 11:00 އަށް

ނޮޅިވަރަންފަރު ސްކޫލުގެ ލައިބުރަރީގައި

ނޮޅިވަރަންފަރު ސްކޫލުގެ ލައިބުރަރީގައި

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ