ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު:

މި ސްކޫލުގައި ތިރީގައި މިދަންނަވާ މަސައްކަތްތައްކުރުމަށް ބޭނުންވެއްޖެއެވެ.

ކުރަންޖެހޭ މަސައްކަތްތައް:

  1. ޕްރިންސިޕަލް ކެބިން ހެދުން.
  2. ސްކޫލުގެ ތެރޭގައި ދެ ވަޅު ބެހެއްޓުމާއި ފެންވައިރިންގގެ މަސައްކަތްކުރުން.

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސިހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލުގެ ފޯން ނަންބަރު: 6520535 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ. މަޢުލޫމާތު ސާފުކުރާފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ދުރުވާ ފަރާތްތަކުން އެކަން އެނގޭނެ ސިޓީއެއް ހިއްޕަވައިގެން ދުރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށައެޅުން

04 މޭ 2016 (ބުދަ) ދުވަހުގެ 10:00 އަށް

11 މޭ 2016 (ބުދަ) ދުވަހުގެ 10:00 އަށް

ނޮޅިވަރަންފަރު ސްކޫލުގެ ލައިބުރަރީގައި

ނޮޅިވަރަންފަރު ސްކޫލުގެ ލައިބުރަރީގައި

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ