މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޑިރެކްޓަރ، ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން

އެޑްނިސްޓްރޭޝަން

ކްލެސިފިކޭޝަން:

ޑިރެކްޓަރ

ރޭންކް:

އީ. އެކްސް. 1

 

 

 

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޓޫރިޒަމް މެނޭޖްމަންޓް އަދި އިވެންޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޓޫރިޒަމް މެނޭޖްމަންޓް އަދި އިވެންޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޓޫރިޒަމް މެނޭޖްމަންޓް އަދި އިވެންޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. މިނިސްޓަރސް ބިއުރޯގެ މަސައްކަތްތައް، ޕާރމަނަންޓް ސެކްރެޓަރީގެ މަޝްވަރާއާއެކު ރާވައި ހިންގުން.

2. މިނިސްޓަރއާއި ސޔާސީ އެހެނިހެން މުވައްޒަފުންގެ އެޕޮއިންޓްމަންޓްތަކާއި ދަތުރުފުޅުތަކާއި މިނިސްޓްރީގެ އެންމެހައި މަސައްކަތްތަކުގެ ތެރެއިން އާންމުކުރަން ބޭނުންވާ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓަށާއި މީޑިޔާއަށް ހިއްސާކުރުން.

3. މިނިސްޓަރގެ އެޕޮއިންޓްމެންޓްތަކާއި އެހެނިހެން ބައްދަލްވުންތައް ސުޕަވައިޒްކުރުމާއި މިނިސްޓަރަށް އަންނަ ދައުވަތުތަކުގެ ހުރިހާ ކަންކަން ބެލެހެއްޓުމަށް އެހީތެރިވެދީ ސުޕަވައިޒްކުރުން.

4. މިނިސްޓަރގެ ދަޢުވަތަށް ރާއްޖެއަށް ވަޑައިގަންނަވާ މެހެމާނުންނަށް ޕްރޮގްރާމްހަދައި، އެ ބޭބޭފުޅުންނާ އެކޮންޕެނީކުރުމާއި، އެކަން ރާވައި ހިންގުން.

5. މިނިސްޓަރސް ބިއުރޯއަށާއި މިނިސްޓަރއަށް ސީދާ އަންނަ ސިޓީތަކާއި އީ-މެއިލްކާމެދު މިނިސްޓަރ އަންގަވާގޮތަށް ޢަމަލުކުރުމާއި، އެކަން ސްޕަވައިޒްކޮށް ބެލެހެއްޓުން.

6. މިނިސްޓަރސް ބިއުރޯއަށް އަންނަ ލިކެކިޔުންތަކާއި، މިނިސްޓަރގެ ޚާއްޞަ ލިޔެކިޔުންތައް މިނިސްޓަރގެ އިރުޝާދުގެމަތިން ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައި، އެކަން ސުޕަވައިޒްކުރުން.

7. އޮފީހުގެ އިސްމުވައްޒަފުންނާއި މިނިސްޓަރ ހަވާލުކުރައްވާ މަސައްކަތްތައް ހިނގާނުހިނގާ ބަލައި، އެކަމުގެ މަޢުލޫމާތު މިނިސްޓަރަށް އަޕްޑޭޓްކުރުން.

8. މިނިސްޓަރާއި މިނިސްޓްރީގެ ސިޔާސީ އެހެނިހެން މުވައްޒަފުންގެ ދަތުރުފުޅުތަކުގެ ހުރިހާކަމައް ހަމަޖެއްސުމަށް އެހީތެރިވެދީ ސުޕަވައިޒްކުރުން.

9. މިނިސްޓަރާއި ސިޔާސީ އެހެނިހެން މުވައްޒަފުން ހިމެނިވަޑައިގެންނަވާ ބައްދަލުވުންތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ސުޕަވައިޒްކޮށް ބެލެހެއްޓުން.

10. މިނިސްޓަރާއި ސިޔާސީ އެހެނިހެން މުވައްޒަފުންގެ ސްޕީޗްތައް ތައްޔާރުކުރުމާއި ސުޕަވައިޒްކޮށް ބެލެހެއްޓުން.

11. ޖެމްސް މެދުވެރިކޮށް ލިބޭ ސިޓީތަކުގެ މަޢުލޫމާތު މިނިސްޓަރަށް ފޯރުކޮށްދީ، އެއާ ގުޅިގެން އެޅޭ ފިޔަވަޅުތަކުގެ މަޢުލޫމާތު މިނިސްޓަރަށް އަޕްޑޭޓްކޮށްދީ ބެލެހެއްޓުމާއި، އެ މަސައްކަތް ސުޕަވައިޒްކުރުން.

12. ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާގޮތުގެމަތިން ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން.
  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެގޮތުގައި މުސާރައިގެ %35

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ފަތުރުވެރިކަމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށް ދެވޭ މީހެއްކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

މަޤާމް:

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/10،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3600 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން:

ލީގަލް

ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

މަޤާމުގެ ރޭންކް:

CS9-2

މަޤާމުގެ ޝަރުޠު:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. އެގްރީމަންޓް ރިވިއުކުރުން (ލީޒް، ސަބްލީޒް، މެނޭޖްމަންޓް، މޯގޭޖް އަދި އެހެނިހެން އެގްރީމަންޓްތައް)

2. އެގްރީމަންޓްތަކާ ގުޅޭ އެޑެންޑަމް އަދި ޑީޑް އޮފް އެސައިންމަންޓް ފަދަ ލިޔެކިޔުން ޑްރާފްޓްކޮށް ތައްޔާރުކުރުން.

3. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ގަވާއިދުތައް ޑްރާފްޓްކޮށް ތައްޔާރުކުރުން.

4. ޤާނޫނީ މައްސަލަތަކުގައި ޤާނޫނީ ލަފާދިނުން.

5. ޓޫރިސްޓް ރިޒޯޓްތަކުގެ ލީޒް ޓްރާންސްފަރކުރުމުގެ މަސައްކަތް ބެލެހެއްޓުން.

6. އެގްރީމަންޓްތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.

7. މިނިސްޓްރީގެ މައްޗަށް އުފުލޭ ދަޢުވާތަކާއި ދައުލަތުގެ ފަރާތުން ކުރާ ދަޢުވާތަކުގައި ކޯޓުގައި މިނިސްޓްރީ ތަމްސީލުކުރުން.

8. މިނިސްޓްރީއަށް ހުށަހެޅޭ ޤާނޫނީ އެކިއެކި މައްސަލަތަކާބެހޭ ސިޓީތަކަށް ޖަވާބުދިނުން.

9. ޤާނޫނީ އެކިއެކި މައްސަލަތަކާ ގުޅިގެން މިމިނިސްޓްރީގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށާއި އެހެނިހެން މުއައްސަސާތަކަށާއި، އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުން ތައްޔާރުކުރުން.

10. ޤާނޫނީ ވަކީލުންގެ ދަށުން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.

 

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާގޮތުގެމަތިން ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން.
  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެގޮތުގައި މުސާރައިގެ %35

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއަކުން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.
  6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 މޭ 2 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީ (ވެލާނާގޭގެ 5 ވަނަ ފަންގިފިލާ) އަށް ހުށަހެޅުން އެދެން.

 

އިންޓަވިއު:

- މި  މަޤާމަށް  ޝޯޓްލިސްޓްކުރެވޭ  ފަރާތްތަކާ  އިންޓަވިއުކުރުން  ހަމަޖެހިފައިވަނީ،  ސުންގަޑި  ހަމަވާ  ތާރީޚުން  ފެށިގެން 1 ހަފްތާގެ ތެރޭގައި މި މިނިސްޓްރީގެ މީޓިންގ ރޫމުގައެވެ.

- އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަހުގެ ކުރިން، އިންޓަވިއުއަށް އަންނަންވީ ވަގުތު، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3022200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ.

11 ރަޖަބު 1437

 

18 އޭޕްރިލް 2016
ހޯދާ