ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީން 22 މާރިޗު 2016 ގައި ކޮށްފައިވާ 88PS/1/2016/2 (އައިޔޫއެލް) ނަންބަރުގެ އިޢުލާނުގައިވާ މަޤާމަށް އެކަށީވެގެންވާވަރަށް ތަރުޙީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.
1- ކްރިއޭޓިވް ޑިޒައިން އެންޑް އިވެންޓް މެނޭޖްމަންޓް ކޮންސަލްޓަންޓް
މި މަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ 1 އަހަރުދުވަހުގެ މުއްދަތަށެވެ. މި މަޤާމަށް ފަރާތެއް ހޮވުމުގައި މި ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވީމާ، މިމަ ޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އެޕްރީލް 25 ވާ ހޯމަދުވަހުގެ 13:00 އަށް މި އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އެޕްރީލް 27 ވަނަ ދުވަހުގެ 11:00 އަށް، ވަނަވަރާއި، ހުށަހަޅާ އަގާއި، ސަޕޯޓިންގ ޑޮކިއުމެންޓްސް ހިމެނޭގޮތަށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.
މި މަޤާމުގެ ޓީ.އޯ.އާރު، މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ.
ޕްރޮޕޯސަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ، 2016 އެޕްރީލް 27 ވާ ބުދަ ދުވަހުގެ 11:00 ގައި، މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މީޓިންގ ރޫމުގައެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް
ހ. ވެލާނާގެ، 5 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 2207 302، 2200 302
ފެކްސް: 2512 332
ވެބްސައިޓް: www.tourism.gov.mv
އީ- މެއިލް: [email protected]
12 ރަޖަބު 1437