ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ރަށުގައި މިހާރު ބޭނުންކުރަމުންދާ ގަބުރުސްތާނުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މަސައްކަތް ކުރެވޭނެ އަގާއި މުއްދަތު ބަޔާންކޮށް، އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަދި މި މަސައްކަތް ކުރުމަށްޓަކައި ނެރުނު ނަންބަރު: (IUL)257/257/2016/20 (22 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް މި އިދާރާގެ އިވެލުއޭޝަން ކޮމިޓީއަށް ފެންނާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

05 ރަޖަބު 1437

12 އޭޕްރިލް 2016
ހޯދާ