މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާގެ ނަންބަރު (IUL)297/INDIV/2016/23 (13 މާރިޗު 2016) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، ކަމުގެ ތަޖުރިބާ ލިބިފައިވާ އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިއިދާރާގެ ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ވެބްސައިޓް ފަރުމާކުރުމާއި ޑިވެލޮޕް ކުރުމުގެ ސަނަދު ލިބިފައިވާ ފަރާތްކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ނ.ވެލިދޫ ކައުންސިލް އިދާރާ

 ހޯމަ

18  އެޕްރީލް 2016

11:00

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

އާދީއްތަ

24 އެޕްރީލް 2016

11:00

މިކަމަށް އެދި ހުށައަޅާ ފަރާތްތަކުގެތެރެއިން ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތެއްވާނަމަ އަންދާސީހިސާބާއެކު ޖީ.އެސް.ޓީ ރެޖިސްޓްރޭޝަނުގެ ކޮޕީ ނުވަތަ ޓިން ނަންބަރު ހުށަހެޅުއްވުން އެދެމެވެ. އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ، ބިޑް ހުށަހަޅާއިރު ބިޑާއެކު ކުރިން ފަރުމާ ކުރައްވާފައިވާ ވެބްސައިޓްތަކުގެ ޕޯޓްފޯލިއޯ ހުށަނާޅުއްވާ ފަރާތްތަކުގެ ބިޑް ޤަބޫލުނުކުރުވެނޭވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ހުށަހެޅުމަށް މާކްސް ދޭ ކްރައިޓީރިއާ

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

މުއްދަތު

10%

  • މި ބައިގައި މާކްސް ދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑަމުއްދަތު ހުށަހަޅާ ތަރުތީބުންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

4 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ