ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތުކުރާނެ ފަރާތެއް ހޯދަން

އިޢުލާން

ގދ.ހޯނޑެއްދޫ ޞިއްޙީމަރުކަޒުގައި ބޭނުންކުރާ އެމްބިއުލާންސް މަރާމާތުކުރުމަށް ބޭނުންވެއްޖެ:

ގދ. ހޯނޑެއްދޫ ޞިއްޙީމަރުކަޒުގައި ބޭނުންކުރާ އެމްބިއުލާންސް އަމިއްލަ ތަކެތީގައި މަރާމާތުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ނުވަތަ ގދ. ހޯނޑެއްދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ނުވަތަ ގދ. ހޯނޑެއްދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

07 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ