އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

އަތޮޅުވެހީގެ 3 ވަނަ ފަންގިފިލާއާއި 2 ވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:

މިކައުންސިލްގެ އަތޮޅުވެހި ޢިމާރާތުގެ 3 ވަނަ ފަންގިފިލާގައި ކުރަން ހުރި ބައެއް މަރާމާތުގެ މަސައްކަތަކާއި 2 ވަނަ ފަންގިފިލާގެ ބޭރު ފާރުގެ މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މި އިދާރާގެ ނަންބަރު: (IUL)234-C/234/2015/26 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 11:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހިފައިގެން މިއިދާރާއަށް ދުރުވުން އެދެމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

11 އޭޕްރިލް 2016
ހޯދާ