އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ފިންގަރޕްރިންޓް އަދި ކާޑު އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހޯދުމަށް

މި އޮފީހަށް ފިންގަރޕްރިންޓް އަދި ކާޑު އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2016/21 އިޢުލާނާ ގުޅިގެން ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

11 އޭޕްރިލް 2016
ހޯދާ