ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު |
|
މަޤާމު: |
އޮފިސަރ (ޖީ.އެސް 3) |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ސެކްޝަން: |
ކޮމިޝަނަރސް ބިއުރޯ |
ބޭސިކް މުސާރަ: |
މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
ސަރވިސް އެލަވަންސް: |
މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/3000 (ތިންހާސް ރުފިޔާ) |
ޚާއްޞަ އެލަވަންސް: |
މުސާރައިގެ %45 |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެނަމަ ނުރަސްމީގަޑީގައިވެސް މަސައްކަތް ކުރާގޮތަށް |
ފެންވަރު ނުވަތަ ޝަރުޠު: |
1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ 2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. 3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން. 4- ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން. 5- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން. 6- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން. |
މަސްއޫލިއްޔަތު: |
- ކޮމިޝަނުގެ ރަސްމީ ޖަލްސާތަކާއި، އިންތިޚާބުތަކާބެހޭ ޚާއްޞަ ޖަލްސާތަކާއި، ކޮމިޝަނުގެ ކުއްލި ޖަލްސާތައް ބޭއްވުމުގެ އިންތިޒާމު ހަމަޖެއްސުން - ކޮމިޝަން މެންބަރުންގެ އެޕޮއިންޓްމަންޓްތައް ބިއުރޯގެ ވެރިޔާ އަންގަވާގޮތެއްގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުން - ކޮމިޝަން މެންބަރުންގެ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުން - ސެކްޝަންތަކާއި މުވައްޒަފުންނަށް ސެކްރެޓަރީ ޖެނެރަލް ބޭނުންވާ ކަންކަން އެންގުން. - ސަރުކާރުގެ އެކިއެކި އޮފީސްތަކުންނާއި އަމިއްލަ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ސިޔާސީ ޕާޓީތަކުންނާއި އަދި އަމިއްލަ ފަރާތްތަކުން ބިޔުރޯއަށް އަންނަ ސިޓީތަކަށް ސެކްރެޓަރީ ޖެނެރަލް އަންގަވާ ގޮތެއްގެ މަތިން ޖަވާބުދީ ފައިލްކޮށް ބެލެހެއްޓުން. - މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކާއި ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް ބަލައި، އެކަންކަމުގެ މަޢުލޫމާތު މެމްބަރުންނަށް އެރުވުން. - ސެކްރެޓަރީ ޖެނެރަލާއި މެމްބަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. - ކޮމިޝަން ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން. އަދި ބައްދަލުވުންތަކުގެ ރެކޯޑިންގތައް ބެލެހެއްޓުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ. - ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. - އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތުގެ ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓު ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.) - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ނޯޓު |
މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. ރިސެޕްޝަންގައި މަސައްކަތްކުރާ މީހަކަށްވާތީ، މީހުންނާ މުޢާމަލާތުކުރުމުގައި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު މަސައްކަތްކުރެވޭނެކަން އިންޓަރވިޔުގައި ދައްކައިދޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ސުންގަޑި: |
21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން |
އިތުރު މަޢުލޫމާތު |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. |
29 ޖުމާދަލްއާޚިރާ 1437
ރިސެޕްޝަނިސްޓް (ޖީއެސް 3) އަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު
ތަފުސީލު |
މާކްސް |
ތަޢުލީމު |
40 މާކްސް |
މަސައްކަތުގެ ތަޖުރިބާ |
10 މާކްސް |
އިންޓަރވިޔު |
35 މާކްސް |
ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު) |
15 މާކްސް |
|
100 މާކްސް |
ޝޯޓްލިސްޓު ކުރެވޭގޮތް
ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތުގެ ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކްސްއަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
- މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށް މާކްސް ދެވޭނީ، ކަމާ ގުޅޭ ދާއިރާއިން ސެޓުފިކެޓު ހާސިލުކުރުމަށްފަހު ހޯދާފައިވާ ތަޖުރިބާއަށެވެ.
- ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް މާކްސް ދެވޭނީ، ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.