ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ އުތުރު ފާރު ރޭނުމާ ގުޅޭ

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ސްކޫލުގެ އުތުރު ފާރު ރޭނުމާ ގުޅޭ:

މި ސްކޫލުގެ އުތުރުން ރާނާފައިވާ ފާރު އަރިއަޅާލާފައިވާތީ އެފާރު ތަޅާލައި، އަލުން އެފާރު ރާނައި ސިމެންތި ޖެހުމަށް ބޭނުންވެއްޖެއެވެ.

ކުރަންޖެހޭ މަސައްކަތްތައް:

  1. ކުރީގައި ހުރި ފާރުތަޅައި ބިމުން ކޮނެގެން ނަގައި އުކާލުން.
  2. 200 ފޫޓު ދިގު ފާރެއް 8 ފޫޓު އުސްމިނަށް ރާނައި ދެފަރާތުގައި ސިމެންތި ޖެހުން.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށައެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލުގެ ފޯން ނަންބަރު: 6520535 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ދުރުވާ ފަރާތްތަކުން އެކަން އެނގޭނެ ސިޓީއެއް ހިފައިގެން ދުރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

19 އެޕްރީލް 2016 (އަންގާރަ) ދުވަހުގެ 10:00 އަށް.

25 އެޕްރީލް 2016 (ހޯމަ) ދުވަހުގެ 10:00 އަށް.

ނޮޅިވަރަންފަރު ސްކޫލުގައި

ނޮޅިވަރަންފަރު ސްކޫލުގައި

4 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ