އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ހަންޏާމީދޫގައި ބަށިކޯޓެއް އެޅުމާގުޅޭ

އިޢުލާން

އދ. ހަންޏާމީދޫގައި ބަށިކޯޓެއް އެޅުމާގުޅޭ:

 ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ކުޅިވަރު ވަސީލަތްތައް ތަރައްްޤީކުރުމުގެ ގޮތުން އދ. ހަންޏާމީދޫގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި " އދ. ހަންޏާމީދޫގައި ބަށިކޯޓު އެޅުމުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައެވެ.

 މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

 ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

ޕޮއިންޓް ދިނުމުގެ އުސޫލު:

  1. ހުށަހަޅާ އެންމެ ކުޑައަގަށް 70 ޕޮއިންޓް
  2. އެންމެ ކުރު މުއްދަތަށް 20 ޕޮއިންޓް
  3. ތަޖުރިބާއަށް 10 ޕޮއިންޓް
07 އޭޕްރިލް 2016
ހޯދާ