އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓުގައި ފެންސް ޖެހުމާބެހޭ

އިޢުލާން

ބަށިކޯޓުގައި ފެންސް ޖެހުމާބެހޭ

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ބަށިކޯޓުގައި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އދ. އޮމަދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އެޕްރީލް 19 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލްގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދަންނަވަމެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހިސާބުތައް ހުށަހަޅުއްވާ އެންމެންގެ ހާޒިރުގައެވެ.

28 ޖުމާދަލްއާޚިރާ 1437

06 އޭޕްރިލް 2016
ހޯދާ