ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  1. އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓުފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓުފިކެޓަކަށްފަހު 5 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަމަޖެހިފައިވާ އުސޫލުން އޮފީސް ހުޅުވައި ލެއްޕުން.
  • ސެކްރެޓޭރިއޭޓަށް އަންނަ ލިޔުކިޔުންތައް އެންޓްރީން ނަގައި ކަމާބެހޭ ވެރިޔެއްގެ ލަފާއާ އެއްގޮތަށް ޖަވާބު ތައްޔާރުކޮށް ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތައް ރާވައި އިންތިޒާމުކޮށް، އަދި އެކިއެކި ކޮމިޓީތަކުން ނިންމަވާ ނިންމެވުންތައް ފޮލޯއަޕް ކުރުން. 
  • ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ އެޕޮއިންޓްމަންޓްތައް ބަލަހައްޓައި އަދި އެބޭފުޅުންނާ ބައްދަލުކުރައްވަން ވަޑައިގަންނަވާ ބޭފުޅުންނާ އިސްތިޤުބާލުކުރުން.
  • ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރުން ބައިވެރިވެވަޑައިގަންނަވާ އޮފީހުގެ ރަސްމީ ފަންކްޝަންތަކުގައި ބައިވެރިވުން.
  • ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރުން މާލެ/ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާނަމަ އެދަތުރުފުޅަކާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ސެކްޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
  • ސެކްރެޓޭރިއޭޓުން ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ފޮތްފޮތާއި ޗާޕުކުރާ ތަކެތި ވައިސް ޗާންސެލަރުގެ ލަފަޔާ އެއްގޮތަށް ތައްޔާރުކުރުން.
  • ވައިސް ޗާންސެލަރުގެ އަރިހަށް މީހުން ފޮނުވާ ސިޓީތަކަށް ވައިސް ޗާންސެލަރުގެ ލަފާފުޅާ އެއްގޮތަށް ޖަވާބު ތައްޔާރުކޮށް އެފަރާތްތަކާއި ސިޓީ/ނޯޓް/ލިޔުން ހަވާލުވެއްޖެތޯ ބެލުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު).
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރެޑިޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރަޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢްލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަމްބަރު ފޯނާއެވެ.
07 އޭޕްރިލް 2016
ހޯދާ