ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ / އެސޯސިއޭޓް ލެކްޗަރަރ

މަޤާމް :ލެކްޗަރަރ / އެސޯސިއޭޓް ލެކްޗަރަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

 

މުސާރަ:

މަހަކު 12,687/50 ރ

ސަރވިސް އެލަވަންސް:

މަހަކު 5,437/50ރ

 

އޮފީސް:

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ގްރޭޑް:

7

 

ދާއިރާ:

ފުޑް އެންޑް ބެވަރޭޖް

ސްޕައިން ޕޮއިންޓް

40

 

މަޤާމުގެ ޝަރުޠު:

  • އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން

ލެކްޗަރަރގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1

 

މުސާރަ:

މަހަކު 11,374/40 ރ

ސަރވިސް އެލަވަންސް:

މަހަކު4,874/74 ރ

 

އޮފީސް:

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ގްރޭޑް:

6

 

ދާއިރާ

ފުޑް އެންޑް ބެވަރޭޖް

ސްޕައިން ޕޮއިންޓް:

37

 

މަޤާމުގެ ޝަރުޠު:

 އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން

މަސްއޫލިއްޔަތު:

  1. ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން.
  2. ޓިއުޓޯރިއަލާއި ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ހިންގުން.
  3. ރިސާޗް މަސައްކަތްކުރުން.
  4. ފަންނީ ޙަރަކާތްތަކުގައި ބައިވެރިވުން.
  5. ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާނު ތައްޔާރުކުރުމާއި މާކުކުރުމާއި އެސެސްކުރުމާއި އިންވިޖިލޭޓް ކުރުން.
  6. ކިޔަވައިދޭ މާއްދާތަކާގުޅޭ އިދާރީ މަސައްކަތް ކުރުން.
  7. ދަރިވަރުންނާއެކު މަޝްވަރާ ބޭއްވުން.
  8. ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.
  9. މާއްދާ ކޯޑިނޭޓްކުރުން.
  10. މަރުކަޒު އަދި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުމާއި ރޭވުމުގެ މަސައްކަތުގައި ބައިވެރިވުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 އެޕްރީލް 13 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  •  މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުއްވާނެ އީމެއިލަކީ [email protected] އެވެ.
06 އޭޕްރިލް 2016
ހޯދާ