ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 4,668/61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ބިޒްނަސް ސްކޫލް

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

ރަސްމީ މަސައްކަތު ގަޑި:

15:00 އިން 23:00 އަށް

މަޤާމުގެ ޝަރުޠު:

 

  • ގްރޭޑް 12 ނިންމާފައިވުން. ނުވަތަ،
  • 10 ނިންމާފައި 2 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • އެމް.ކިޔު.އޭ ގެ ލެވެލް 1 ނުވަތަ 2 ގެ ސަނަދެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ފެކަލްޓީ ހުޅުވައި ލެއްޕުން. އަދި ބަންދު ދުވަސްތަކާއި އިތުރުގަޑީގައި ރަސްމީކަމެއް މެދުވެރިވުމުން ފެކަލްޓީ ހުޅުވުމާއި ލެއްޕުމުގެ މަސައްކަތް ކުރަންޖެހުމުން އެކަންކުރުން.
  2. ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނަށް ދޭންޖެހޭ ފިލާވަޅުތަކާއި ނޯޓްސް ލެކްޗަރަރއިން ވިދާޅުވާ ގޮތަށް ތައްޔާރުކޮށްދިނުމާއި ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް ނޯޓިސްބޯޑުގައި ބެހެއްޓުމާއި އެނޯޓިސްއެއްގެ ބޭނުން ކެނޑުމުން އެނޯޓިސްއެއް ނެގުން.
  3. ދަރިވަރުންގެ އެސައިންމަންޓުތަކުގެ ނޯޓްސް ލެކްޗަރަރއިން ދެއްވުމުން ދަރިވަރުންނާ ހަވާލުކުރުމާއި އެސައިންމަންޓްތައް ގެނައުމުން ބަލައިގަތުމަށްފަހު ލެކްޗަރަރއިންނާ ހަވާލުކުރުން.
  4. ފެކަލްޓީއަށް ލިބޭ ލިޔުންތަކާ ހަވާލުވެ އެންޓްރީކޮށް ވެރިޔާ ލައްވައި ސޮއިކުރުވައި، އެލިޔުމެއް ހަވާލުކުރަންޖެހޭ މުވައްޒަފަކާ ހަވާލުކުރުން.
  5. ކޮންމެ ދުވަހަކު އެދުވަހެއްގައި ކުރި މަސައްކަތް ބަޔާންކޮށް ޔައުމިއްޔާ ލިޔެ ވެރިއެއްގެ ސޮއިކުރުމަށްފަހު ފައިލުކުރުން.
  6. ފެކަލްޓީގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ލިޔުންތައް އެފަރާތްތަކަށް ފޮނުވުމުގެ ކަންތައްކުރުން.
  7. ފެކަލްޓީގެ އިދާރީ ހަރަކާތްތަކުގެ އިތުރުން އެކަޑެމިކް މުވައްޒަފުން ރާވައި ހިންގާ އިވެންޓްތަކާއި، މާކެޓިންގ އިވެންޓުތައް އަދި ފަންޑްރެއިސިންގ އިވެންޓްތަކުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  8. މީގެ އިތުރުން އިދާރީ މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން ވެރިން އަންގަވާ ގޮތުގެ މަތިން އޭނާގެ މަސައްކަތްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރެޑިޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރަޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ. 

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 އެޕްރީލް 13 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
  • އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުއްވާނެ އީމެއިލްއަކީ [email protected] އެވެ.
06 އޭޕްރިލް 2016
ހޯދާ