ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކުރުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ހައިކޯޓުގެ ނަންބަރު (IUL95-PM/1/2016/21) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މިއިޢުލާން ބާޠިލުކޮށް، 2ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި ރިސެޕްޝަން އޭރިއާގައި މިހާރުހުރި ކައުންޓަރު ނަގައި އަމިއްލަ ތަކެތީގައި އައު ކައުންޓަރެއް ޖަހައި ބަހައްޓައިދިނުމާއި، ރިސެޕްޝަން އޭރިއާގައި ކުލަލުމާއި، ކަރަންޓް ވައިރިންގ އަދި ނެޓްވާރކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 13 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މިކޯޓުގެ މީޓިންގރޫމް 01 ގައެވެ.

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016
ހޯދާ