ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންވެންޓް އޯގަނައިޒް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިންވެންޓް އޯގަނައިޒް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ APEC ފައިނޭންޝިއަލް ރެގިއުލޭޓަރސް ޓްރެއިނިންގ އިނިޝިއޭޓިވްސްއާއި ސީ.އެމް.ޑީ.އޭ އާ ގުޅިގެން “އޭޕްކް / އެފްއާރުޓީއައި ރީޖަނަލް ސެމިނަރ އޮން ކްރޮސް ބޯޑަރ އޮފަރިންގ އެންޑް އިންވެސްޓްމަންޓް ޕްރޮގްރާމް 2016" ގެ ނަމުގައި 5 ދުވަހުގެ މުއްދަތަށް ޓްރެއިނިންގ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޓްރެއިންގ ކުރިއަށްދާނީ އޮކްޓޫބަރުމަހުގެ 16 ން 20 ގެ ނިޔަލަށެވެ. ޖުމުލަ 70 ފަރާތަކުން ބައިވެރިވާގޮތަށް ހަމަޖެހިފައިވާ މި ޓްރެއިންގ ޕްރޮގްރާމުގައި ރާއްޖެއިން ބޭރުގެ ގިނަ ފަރާތްތަކެއް ބައިވެރިވާނެއެވެ.

މަތީގައި ދަންނަވާފައިވާ ޓްރެއިނިންގ ޕްރޮގްރާމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއެވެ. މީގެ ތެރޭގައި ޓްރެއިނިންގ ބާއްވާނެ ހޯލާއި ބައިވެރިންގެ ފަރިއްކޮޅުގެ އިތުރުން ދަތުރުފަތުރުގެ އިންތިޒާމު ހިމެނެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 10:00އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 11:30 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭވޭނީ މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ