ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ ރިސެޕްޝަނަށް ކައުންޓަރެއް ހެދުން

އަންދާސީހިސާބު ބޭނުންވެއްޖެ

ކޮމިޝަނުގެ ރިސެޕްޝަނަށް ކައުންޓަރެއް ހެދުން

މި ކޮމިޝަނުގެ ނަންބަރު: (IUL)462/1/2016/2 (29 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ކޮމިޝަނުގެ ރިސެޕްޝަން ކައުންޓަރެއް ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި މިކޮމިޝަނަށް (ހުރަވީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ ހުޅަނގުބައި) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

10 އެޕްރީލް 2016 ދުވަހުގެ 13:00 އަށް

17 އެޕްރީލް 2016 ދުވަހުގެ 13:00 އަށް

2016 އެޕްރީލް 17 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ ބިޑު ނުވަތަ ބިޑުން ބައެއް ވިޔަސް ބަލައިނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބިޑުވެސް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

25 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016
ހޯދާ