މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ރޯ މެޓީރިއަލް ސަޕްލައިކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ރޯ މެޓީރިއަލް ސަޕްލައިކުރުން

މި ކޯޕަރޭޝަންގެ އެކިއެކި ޕްރޮޖެކްޓްތަކުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ ރޯ މެޓީރިއަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2015/50 (17 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

  • ޑަސްޓް
  • އެގްރިގޭޓް
  • ބިޓުމެން
  • ސީ.އާރު.އެސް 1 (CRS1)
  • އެމް.ސީ 30 (MC30)

ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 10 އެޕްރީލް 2016 އިން 14 އެޕްރީލް 2016 އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00 އާ ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއެކު -/1,500 ރުފިޔާއަށެވެ. އަދި މިފައިސާ އަކީ ރީފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ.

ޕްރީ-ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 17 އެޕްރީލް 2016 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަންފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާ ކަމެކެވެ.

ބިޑް ހުށަހަޅުއްވާނީ 24 އެޕްރީލް 2016 ގެ 13:00 އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަންފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިވާ އެޑްރެހަށެވެ.

ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ރޯ މެޓީރިއަލް ސަޕްލައިކުރުން: 24 އެޕްރީލް 2016 ގެ 13:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި މިވާ އެޑްރެހަށެވެ.

މެނޭޖިންގ ޑިރެކަޓަރ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް# 385، މާފަތްތަކުރުފާނުމަގު

މައްޗަންގޮޅި، ޕޯސްޓަލް ކޯޑް: 20386،

މާލެ، ދިވެހިރާއްޖެ

ބީލަން ހުށަހަޅާ ފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 24 އެޕްރީލް 2016 ގެ 13:00 ގައި މިކޯޕަރޭޝަންގެ މައިއިދާރާގެ ކޮންފަރެންސް މާލަމުގައެވެ. ބީލަންފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.

ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯޓް ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާބު ކުރައްވާ ފަރާތަކާއި މަސައްކަތް ހަވާލުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި މިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

ފޯން:        3320657 960+ ނުވަތަ 9911606 960+

ފެކްސް:       3317133 960+

އީ-މެއިލް:      [email protected]  

ވެބްސައިޓް:     www.mrdc.com.mv     

22 ޖުމާދަލްއާޚިރާ 1437 

03 އޭޕްރިލް 2016
ހޯދާ