މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފުޓްސަލްދަނޑަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފުޓްސަލްދަނޑަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން

މި ކޯޕަރޭޝަނުން ހަދަމުންދާ ފުޓްސަލްދަނޑުތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2016/05 (18 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަތީ އެންމެ ދެފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

  • ޓާރފް
  • ލައިޓް ޕޯސްޓް
  • ލައިޓް

ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 10 އެޕްރީލް 2016 އިން 14 އެޕްރީލް 2016 އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00 އާ ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއެކު -/1,500 ރުފިޔާއަށެވެ. އަދި މިފައިސާއަކީ ރީފަންޑް ކުރެވޭނެ ފައިސާއެއްނޫނެވެ.

ޕްރީ-ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އެޕްރީލް 2016 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަންފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާކަމެކެވެ.

ބިޑް ހުށަހަޅުއްވާނީ 25 އެޕްރީލް 2016 ގެ 13:00 އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަންފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިވާ އެޑްރެހަށެވެ.

ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ފުޓްސަލްދަނޑަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން: 25 އެޕްރީލް 2016 ގެ 13:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި މިވާ އެޑްރެހަށެވެ.

މެނޭޖިންގ ޑިރެކަޓަރ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް# 385، މާފަތްތަކުރުފާނުމަގު

މައްޗަންގޯޅި، ޕޯސްޓަލް ކޯޑް: 20386،

މާލެ، ދިވެހިރާއްޖެ

ބީލަން ހުށަހަޅާ ފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 25 އެޕްރީލް 2016 ގެ 13:00 ގައި މިކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމުގައެވެ. ބީލަންފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.

ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯރޓް ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާބުކުރައްވާ ފަރާތަކާ މަސައްކަތް ހަވާލުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައި އެވާ ނަންބަރަށް ގުޅުންވުން އެދެމެވެ.

ފޯން:      3320657 960+ ނުވަތަ 9911606 960+

ފެކްސް:     3317133 960+

އީ-މެއިލް:    [email protected]  

ވެބްސައިޓް:   www.mrdc.com.mv     

22 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016
ހޯދާ