ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެގްޒެކްޓިވް ވޭނެއް ގަތުމާބެހޭ

އިޢުލާން

އެގްޒެކްޓިވް ވޭނެއް ގަތުމާބެހޭ

މިކުންފުނީގެ އެކިއެކި ބޭނުންތަކަށް މާލޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް (ބްރޭންޑް ނިއު) އެގްޒެކެޓިވް ވޭނެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 10 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ