ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އިމާމް / ކޮންޓްރެކްޓް މުދިމް

އިޢުލާން
ކޮންޓްރެކްޓް އިމާމް / ކޮންޓްރެކްޓް މުދިމުންގެ ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޮންޓްރެކްޓް އިމާމް / ކޮންޓްރެކްޓް މުދިމް

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އާޘާރީ މިސްކިތް / މަސްޖިދުލް ޢުމަރު ފާރޫޤް

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަވާލުކުރައްވާ މިސްކިތެއްގައި، ފަރުޟު ފަސްނަމާދަށް  ބަންގިގޮވައި، އިމާމުވެ ނަމާދުކުރުން.

2. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓްކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ހުރިނެތްގޮތް ބެލުމަށްފަހު، ރަނގަޅުކުރަންޖެހޭ ކަމެއްވާނަމަ، މަސައްކަތު މީހުންލައްވައި އެކަމެއް ރަނަގަޅުކުރުވުން.

3. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކޮންމެކަމެއް ރަށުކައުންސިލްގެ އިދާރާއަށް އަންގައި އެކަމެއް ރަނގަޅުކުރުން.

4. މިސްކިތުގެ އިންވެންޓްރީ (ހަރުމުދަލުގެ ރަޖިސްޓްރީ) ގައި ހިމެނޭ އެންމެހައި ތަކެތި ރަނގަޅަށް ބެލެހެއްޓުން.

5. ސައުންޑު ސިސްޓަމްހުރި މިސްކިތެއްނަމަ، ސައުންޑު ސިސްޓަމް ބެލެހެއްޓުމާއި، އެ ސިސްޓަމަށް އެއްވެސް މައްސަލައެއް ދިމާވެޖެނަމަ، އެކަން ރަށުކައުންސިލަށް އަންގައި މައްސަލަ ޙައްލުކުރުން.

6. ރަށުކައުންސިލުން ކޭތަނަމާދުކުރުމަށް ހަމަޖެއްސި މިސްކިތެއްގައި އިމާމުވެ ކޭތަނަމާދުކުރުން.

7. ރަށު ކައުންސިލުން ޚުޠުބާ ހަވާލުކޮށް، އިމާމުވެ ޢީދުނަމާދާއި، ހުކުރު ނަމާދުކުރަން މަސައްކަތް ހަވާލުކޮށްފިނަމަ، ޢީދުނަމާދާއި، ހުކުރުނަމާދު އިމާމުވެ ކުރަން އެންގެވި މިސްކިތެއްގައި ޢީދުނަމާދާއި، ހުކުރުނަމާދު އިމާމުވެ ކުރުން.

8. މިސްކިތުގައި ތަރާވީޙުނަމާދާއި، ކަށުނަމާދުކުރަން ރަށުކައުންސިލުން އަންގަވައިފިނަމަ، ކަށުނަމާދާއި ތަރާވީޙު ނަމާދުކުރަން އެންގެވި މިސްކިތެއްގައި އިމާމުވެ ކަށުނަމާދާއި، ތަރާވީޙު ނަމާދުކުރުން.

9. މިސްކިތު މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތް ރަނގަޅަށް ބަލައި، ރަށު ކައުންސިލަށް ރިޕޯޓްކުރަންޖެހޭ ކަންކަން ރިޕޯޓްކުރުން.

10. މިސްކިތުގެ އިމާމު ކައުންސިލަށް ހާޒިރުވެ ސޮއިކޮށްފައިވަނިކޮށް ހަމަ އެދުވަހު އިމާމުމީހާއަށް ކަމެއްދިމާވެގެން މިސްކިތަށް ދިއުމަށް ޢުޒުރުވެރިވެއްޖެނެމަ، އެދުވަހުގެ ބާކީއޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތާ ހަވާލުވެހުރި އިމާމުގެ ޒިންމާއެކެވެ. މިގޮތަށް ހަމަޖައްސާ މީހަކީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރަނގަޅަށް ޤުރްއާން ކިޔަވަން އެނގޭ މީހަކަށްވުމާއެކު، ރީތިކޮށް ބަންގިގޮވަން ދަންނަ މީހެއްކަމުގައި ވާންޖެހޭނެއެވެ. އެފަދަކަމެއް ދިމާވެއްޖެނަމަ، ރަށު ކައުންސިލްގެ އިދާރާއަށް އެކަން އަންގަންވާނެއެވެ.

11. މިސްކިތުގެ މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްނަމަ، މިސްކިތްތެރެ ސާފުކުރަން ޖެހޭނެއެވެ. އަދި މިސްކިތުގެ ދިއްލުންތަކާއި، ފަންކާތައް ނިއްވައި މިސްކިތުގެ ދޮރުތައް ލައްޕަން ޖެހޭނެއެވެ.

12. ދާއިމީ އަދި ވަގުތީގޮތުން މިސްކިތާ ހަވާލުވެހުންނަ އިމާމުން/މުދިމުން ރަސްމީ ދުވަސްތަކުގައި ލަސްވެގެން މެންދުރުކުރީ 11.00 ގެ ކުރިން ހާޒިރުވެ، ކަށު ކައުންސިލް އިދާރާގެ ހާޒިރީގައި ގަޑިޖަހައި ސޮއިކުރަންވާނެއެވެ.

13. މިސްކިތުގައި ދީނީ ދަރުސް ދިނުން ފަދަ ޕްރޮގުރާމުތައް ހިންގާނަމަ، އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކުތުގައި މަޑުކުރަންޖެހޭނެއެވެ.

14. މިސްކިތުގައި ކަންތައްތައް ހުންނަގޮތާ ބެހޭގޮތުން މީހުން ކުރާ ޝަކުވާގެ އަޑުއަހައި، އެ ކަން ރަށު ކައުންސިލަށް ރިޕޯޓުކޮށް، އެކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުން.

15. މިސްކިތު މަސައްކަތު މީހުންލައްވައި މިސްކިތު ގޯތިތެރޭގައި ގަސްއިންދައި ގަސްތަކަށް ފެންދީ ހައްދައި ބެލެހެއްޓުން.

16. ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.

17. މީގެ އިތުރުންވެސް، ވަޒީފާއާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގަވާ އެންމެހައި ކަންކަން ކުރުން.  

މަޤާމް

ރޭންކް

ކްލެފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މުދިމް

ޖީ. އެސް. 1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

މަހަކު -/3،565 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އިމާމް

ޖީ. އެސް. 3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/4،465 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އިމާމް

ޖީ. އެސް. 4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ  މަޤާމުގައި  ޖީ. އެސް. 3 ގެ  ރޭންކުގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތީ ސާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/5،020 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އެމް. އެސް. 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ  މަޤާމުގައި  ޖީ. އެސް. 4  ގެ  ރޭންކުގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަހަކު -/5،610 ރުފިޔާ

މަހަކު -/2،000 ރުފިޔާ

އެމް. އެސް. 2

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،295 ރުފިޔާ

މަހަކު -/2،000 ރުފިޔާ

އިސް އިމާމު

އެމް. އެސް. 3

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމުކަމުގެ މަޤާމުގައި އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/7،035 ރުފިޔާ

މަހަކު -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގެ އެލަވަންސާއި، ބަންދު ދުވަހުގެ އެލަވަންސް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، 2016 އެޕްރީލްމަހު އޮންނާނެވެ. އަދި އިންޓަވިއު ކުރިޔަށްދާނީ، ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ އުޞޫލަތަކާ އެއްގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގަވާ ގޮތެއްގެ މަތީންނެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އެޕްރީލް 5 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް، ވިލުފުށީ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6780701 ނަންބަރު ފޯނާއެވެ. މި އިދާރާގެ އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016
ހޯދާ